Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

އިރާންގެ ރިޔާސީ އިންތިޚާބު ރޫހާނީ ކާމިޔާބުކޮށްފި

އިރާންގައި ބޭއްވުނު ރިޔާސީ އިންތިޚާބު މިހާރުގެވެސް ރައީސް، ޙަސަން ރޫހާނީ ކާމިޔާބުކުރައްވައިފިއެވެ. ހަސަން އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 47 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ހަސަންއާއި އެންމެ ކައިރިން ވާދަކުރި އިބްރާހިމް ރައީސީއަށް ލިބިފައިވަނީ %38.7 ވޯޓެވެ. ގިނައަދަދެއްގެ ބަޔަކު މިއިންތިޚާބުގައިވެސް ވޯޓުލާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ހަަސަން ރޫހާނީއަށް 23.5 މިލިއަން ވޯޓު އިރާނުގެ އެކިކަންކޮޅުތަކުން ލިބިފައިވާއިރު ރައީސީއަށް ލިބިފައިވަނީ 15.8 މިލިއަން ވޯޓެވެ. ރޫހާނީ ވިދާޅުވެފައިވަނީ އޭނާގެ ރައްޔިތުން ވޯޓުދިނީ ހައްދުފަހަނަޅާފައިވާ ސިޔާސަތާއި ދެކޮޅަށް ކަމަށެވެ.

ތަޖުރިބާކާރުން ބުނެފައިވަނީ މި ކާމިޔާބީއާއެކު ރޫހާނީއަށް ގައުމު ހިންގުމަށް ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް އެޅޭ ބާރަކަށް މިއިންތިޚާބު ވާނެ ކަމަށް އެމީހުން ވަނީ ލަފާކޮށްފައެވެ.