Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

އަންނަ ސީޒަނުގައި އާސެނަލް ޔޫރޮޕާ ލީގަށް

އާސެން ވެންގާ އާސެނަލްގެ މެނޭޖަރުކަމާއި ހަވާލުވިފަހުން ފުރަތަމަ ފަހަރަށް ލީގު ތާވަލުގެ ގަދަ 4 ގެއްލި ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބި ޔޫރޮޕާ ލީގަށް ދާން ޖެހިއްޖެއެވެ.

ލީގުގެ ފަހު މެޗުގައި އެވަޓަން 1-2 އިން ބަލިކުރި ނަމަވެސް އާސެނަލް ވަނީ ލިވަޕޫލް އާއި ސިޓީ ކުޅުނު މެޗުތަކުން މޮޅުވުމުން ޕޮއިންޓުގެ ގޮތުން ތާވަލުގެ ފަސްވަނައިގައި ސީޒަން ނިންމާލަން ޖެހިފައެވެ.

ފާއިތުވެދިޔަ 20 ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ އާސެނަލް ވަނީ މިސީޒަނުގައި ވަރަށް ބޮޑަށް އަރި އަޅާލައިގެން ގޮސްފައެވެ.

އަނިޔާގެ މައްސަލަތައް ވެންގާގެ ޓީމަށް ދިމާވި ނަމަވެސް އާސެނަލް ވަނީ މުހިއްމު މެޗުތަކުން ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބޮޑު ތަފާތަކުން ބަލިވެ އަނެއްކާވެސް ކުއާޓާއަށް ނުގޮސް ކަޓައި، ވެންގާއަށް ވަނީ ސަޕޯޓަރުންގެ ފަރާތުން އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ސީޒަނުގެ މެދުތެރެއިން ސަޕޯޓަރުންގެ އިތުބާރު ގެއްލި ސަޕޯޓަރުން ވަނީ ދެބައިވެފައެވެ. އެތައް ސަތޭކަ ބަޔަކު ސްޓޭޑިއަމްގެ އެކި ތަންތަނުގައި "ވެންގާ އައުޓް" ބެނާ ހަރުކޮށް، ޕޯސްޓަރު ހަދައި އަދި އެކި ފަހަރު މަތިން މަތިންދާބޯޓު ހިފައި އޭގައި ބެނާ ހަރުކޮށް އުދުއްސާލާފައިވެސްވެއެވެ.