Last Updated: July 27, 10:52
Monday, July 27, 2026
ޚަބަރު

ސަފާރީ "ފާތިމަ" ދިޔަވާތީ ސިފައިން ހަރަކާތްތެރި ވަނީ

"ފާތިމާ" ހުޅުމާލޭ ފަޅުތެރޭގައި، މި ސަފާރީ ދިޔާވާތީ އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި.

ހުޅުމާލޭ ފަޅުތެރޭގައި ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރި ވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭ އޮތް "ފާތިމަ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ދީފައެއް ނުވެ އެވެ.

ހުޅުމާލޭ ފަޅުތެރޭ އޮތް ސަފާރީއެއް އަޑިއަށް ދާން ފަށާފައިވާ އިރު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސް ވުމުގެ ސަބަބުން މާލެ/ހުޅުމާލެ ފެރީ ވެސް ވަނީ މެދުކަނޑާލައިފަ އެވެ.