ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމްގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.
ރާއްޖެއެމްވީ އާއި ރާއްޖެ ޓީވީން ގެނެސްދީފައިވާ ރިޕޯޓުތަކުގައި މެޑަމް ފާޠުންގެ އަބުރަށް ގެއްލުން ލިބޭފަދަ ލިޔުންތައް ހިމެނިފައިވާކަމަށް ބުނެ ރައީސް އޮފީހުން ވަކިވަކިން މީޑިއާ ކައުންސިލަށް ވަކިވަކިން މައްސަލަ ހުށަހަޅާފައިވަނީ ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމް އާއި ޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފާއި ސީނިއާ ޖާނަލިސްޓް މުހައްމަދު ފަޒީނާއި ސީނިއާ ޖާނަލިސްޓް އަޒްމޫން އަހުމަދު އަދި އެސިސްޓެންޓް ނިއުސް ޑައިރެކްޓާ އަބްދުﷲ ނަސީރު އިބްރާހިމްގެ މައްސަލަ ތަކެވެ.
މި ނޫސްވެރިންނަަށް މި މައްސަލާގައި ޖަވާބުދާރީ ވާން ހަތް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ އިރު އެނޫސް ޗެނަލް ވަނީ ދެފަހަރެއްގެ މަތިން ބްރޮޑްކާސްޓިން ކަމިޝަނުން ޖުރިމަނާކޮށްފައެވެ.
އަދި އެނޫސް ޗެނަލްގެ 4 ނޫސްވެރިން ވަނީ އެކި ތުހުމަތުގައި ކޯޓަށް ހާޒިރުކޮށް ދެ ނޫސްވެރިއަކު ވަނީ ޖުރިމަނާކޮށްފައެވެ. އޭގެ ތެރޭގައި މުހައްްމަދު ވިސާމް ހިމެނެއެއެވެ.