Last Updated: June 30, 06:12
Tuesday, June 30, 2026
ޚަބަރު

ޔުވެންޓަސް އިން އިޓާލިއަން ލީގް ކާމިޔާބުކޮށްފި

ޖެހިޖެހިގެން ހަވަނަ ފަހަރަށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ކްރޮންޓޯނޭ ބަލިކޮށް، ޔުވެންޓަސް އިން ވަނީ ޖުމްލަ 88 ޕޮއިންޓް މުބާރާތުގައި ހޯދާފައެވެ. ލީގުގައި ބާކީ އޮތް މެޗުގައި ޔުވެންޓަސް އިން ބައްދަލުކުރާނީ ބޮލޯންޔާއާ އެވެ.

ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހާދީފައި ވަނީ މެޗުގެ 12 މިނެޓުގައި މާރިއޯ މަންޒުކިޗް އެވެ. ދެވަނަ ލަނޑު ޖަހާދިނީ މެޗުގެ 39 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާއެވެ. އެއީ ޔުވެންޓަސް އަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކުރި ގޯލެކެވެ. ޔުވެންޓަސް ގެ ތިންވަނަ އަދި އެންމެ އެންމެ ފަހު ލަނޑު ޖަހާދިނީ މެޗުގެ 83 ވަނަ މިނެޓުގައި އެލެކްސް ސަންޑްރޯއެވެ.

އިޓާލިއަން ލީގުގެ އިތުރުން ޔުވެންޓަސް އިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

އިޓާލިއަން ލީގު ޖެހިޖެހިގެން ހަވަނަ ފަހަރަށް ޔުވެންޓަސް އިން ކާމިޔާބު ކުރުމަކީ އެލީގުގައި އެޓީމުން ހެދި ރެކޯޑެއްކަން ފާހަގަކޮށްލެވެއެވެ.