އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ޖޭއެސްސީން މި މަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ، ޖޫން މަހުގެ 15 ދުވަހު އެވެ.
މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންގެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނާއި ޝަރީއާގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް އޮތުމެވެ. އަދި މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބިދެވޭނެއެވެ.
މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 23،400ރ. ލިބޭ އިރު އިސް މެޖިސްޓްރޭޓަކަށް މަހަކު 25،600ރ. ލިބޭނެ އެވެ.
ޖޭއެސްސީ އިން ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް 32 މެޖިސްޓްރޭޓުންނާއި 9 އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފަ އެވެ.