Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީން ރޭ ހުޅުދޫގައި ބޭއްވި މާހެފުމަށް ބަޔަކު ހުރަސް އަޅައިފި

ހުޅުދޫ "ބޮމާ ފަންނު" ގައި ރޭ އެމްޑީޕީން ބާއްވަމުން ދިޔަ މާހެފުމަކަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައިފި އެވެ.

ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ މާހެފުމަށް ހުރަސް އަޅާފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓުން ތަކެއް ކަމަށެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މާހެފުމުގެ ހަރަކާތުގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމްދީދީ (ޑީޑީ) ވާހަކަ ދައްކަވަން ހުއްޓާ މައިކް ޖަހައިގަނެ ހަމަ ނުޖެހުން ވަނީ ހިންގައިފަ އެވެ.

މައިކް ޖަހައިގަނެ ހަމަނުޖެހުން އުފެއްދި މީހުން ވަނީ ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދް (ޝާޑް) އާ ގުޅޭ ގޮތުން އެއްވެސް ވާހަކަ ނުދެއްކުމަށް ބުނެ އަިންޒާރު ދީފަ އެވެ.

ޑރ. ޑީޑީ މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދަނިކޮށް ގްރޫޕެއް އައިސް ވާހަކަ މައިކް ވައްޓާލައި ހަމަނުޖެހުން އުފެއްދުމަށް ފަހު ބުނަމުން ދިޔައީ ޝާޑްގެ ވާހަކަ ނުދެއްކުމަށެވެ.

ޑީޑީ ވިދާޅުވީ އެތަނުގައި ދެއްކީ ހުޅުދޫ ރައްޔިތުން ވޯޓުދީގެން ހޮވާފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދުވާކަމުގެ ވާހަކަ ތައްކަމަށާއި ޝާހިދުގެ އަމިއްލަ ޒާތީ ވާހަކައެއް ނުދައްކާ ކަމަށެވެ.

ރޭގެ މާހެފުމުގައި އެދާއިރާއަށް އަލަށް އިންތިހާބްވި ކައުންސިލަރ އިބްރާހިމް ޝުކުރީ އާއި އެމްޑީޕީގެ މެމްބަރުން ބައިވެރިވިއެވެ.