އިނގިރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް އައްޑު އަށް ވަޑައިގެންފި އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސި ސަފީރު އައްޑޫއަށް ވަޑައިގެންނެވީ، ފާއިތުވި ބުދަ ދުވަހު އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށެވެ.

މި ދަތުރުފުޅުގައި ޖޭމްސް ޑައުރިސް ވަނީ އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތްކުރައްވައި މޭޔަރ އަބްދުﷲ ސޯދިޤް އާއި ވަނީ ބައްދަލުކުރައްވާފަ އެވެ.
އަދި މީގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމްދީދީއާ ވެސް ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.