Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ބައެއް މީޑިއާތަކުގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް

އަބުރުގެ ބިލާއި ދެކޮޅަށް ނޫސްވެރިން ބޭއްވި ހިނގާލުމެއް. ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ބައެއް މީޑިއާ ތަކުގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައީސު އޮފީހުން ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސު އޮފީހުން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާ މީޑިއާ ތަކުގެ ތެރޭގައި ރާއްޖެޓީވީން ހިންގަމުން އަންނަ ރާއްޖެއެމްވީ އާއި ވީއެފްޕީ، މިހާރު ނޫސް އަދި ވަގުތު އަދި މޯލްޑިވްސް އިންޑިޕެންޑެންޓް ހިމެނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދުވެސް ވަނީ ގިނަ މީޑިއާ ތަކުގެ މައްސަލަ ހުށަހަޅާފައިވާ ކަން ޔަގީންކޮށްދެއްވާފައެވެ.

ރައީސު އޮފީހުންވަނީ ރާއްޖެޓީވީ އަދި ރާއްޖެއެމްވީގެ ހަ ނޫސްވެރިންގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ. ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރގެ ނަމުގައި ވަކިވަކިން ހުށަހަޅާފައިވާ މައްސަލަތަކަކީ ރައީސްގެ އަނބިކަބަލުން މެޑަމް ފާޠުންގެ އަބުރަށް އަރައިގެންފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެވެ.

މީޑިއާ ކައުންސިލުން ވަނީ ރާއްޖެ ޓީވީ އަދި ރާއްޖެއެމްވީގެ ހަ ނޫސްވެރިންނަށް ޖަވާބުދާރީވާން 7 ދުވަހުގެ މުއްދަތެއް ދީފައެވެ.