Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ފޭދޫ ނާޒިލް ހައުސިންގެ އައްޑޫ ކޯޑިނޭޓަރަކަށް ހަމަޖަައްސައިފި

ނާޒިލް ހައުސިން މިނިސްޓަރު މުއިއްޒާއި މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކަކާ އެކު.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރަަކަށް ފޭދޫ ހަސަން ނާޒިލް ހަމަޖައްސައިފި އެވެ.

އޭނާއަކީ ފޭދޫގައި "މުލައްޑޫގެ" ނަމުގައި ގަރާޖެއް ހިންގަމުން އަންނަ އަދި މިހާރުގެ ސަރުކާރުގެ އިސްވެރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ނާޒިލް ކޯޑިނޭޓަރަކަށް ހަމަޖެއްސިކަން އަންގައި، ސަރުކާރުން މިހާރު ވަނީ އޭނާ އަށް ޗިޓް ވެސް ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ އަދި ރަސްމީކޮށް އޮފީހަށް ނުކުންނާކަށް ނުފަށަ އެވެ.

ނާޒިލަށް ކޯޑިނޭޓަރުކަން ދީފައި ވަނީ ކުރިން ކޯޑިނޭޓަރެއްގެ މަގާމުގައި ހުރި ފޭދޫ މުހައްމަދު ފައިސަލް އެ މަގާމުން ފެބްރުއަރީ 22، 2017 ގައި ވަކިކޮށްފައި ވަނިކޮށެވެ.

ފައިސަލަށް މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ނާޒިލް ކޯޑިނޭޓަރަކަށް ހަމަޖެއްސި އިރު، ފެނަކަ އައްޑޫ އޮފީސް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ޒުހައިރު (އަބުހަރީ) ވަނީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް މިދިޔަ މަހު ހަމަޖައްސައިފަ އެވެ.