ސެމްސަންގް ގެލެކްސީ އެސް 8 ހިލޭ ޑޭޓާއާއެކު މިއަދު އުރީދޫއިން ވިއްކަން ފަށައިފިއެވެ.
އެއްކޮށް ފައިސާ ދެއްކުމަށްފަހު އަދި އިންސްޓޯލްމަންޓަށްވެސް ފޯނު ބައްލަވައިގަތުމުގެ ފުރުސަތު އުރީދޫ އިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެގޮތުން އެއްކޮށް ފައިސާ ދެއްކުމަށްފަހު ނަގާ ފަރާތްތަކަށް އެސް 8 12،499ރ. އަށް ލިބެން ހުރިއިރު އެސް 8+ ގެ އަގަކީ 13،499ރ. އެވެ. އަދި ކޮންމެ މަހަކު 3 ޖީބީގެ ޑޭޓާވެސް ފޯނު ބައްލަވައިގަންނަ ފަރާތްތަކަށް ލިބޭނެއެވެ.
އިންސްޓޯލްމަންޓް އުސޫލުން މިފަހަރުވެސް ފޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިންސްޓޯލްމަންޓު ޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯނު ދޫކުރާނެއެވެ.
ފުރަތަމަ ދައްކާ ފައިސާގެ ގޮތުގައި 2،000ރ. ދެއްކުމަށްފަހު އެސް 8 އަށް ކޮންމެ މަހަކު ދައްކަން ޖެހެނީ 900ރ. އެވެ. އެސް8+ ބައްލަވައިގަންނަ ފަރާތްތަކުންވެސް ފުރަތަމަ 2،000ރ. ދައްކަން ޖެހެއެވެ. އަދި އިންސްޓޯލްމަންޓު ފީގެ ގޮތުގައި މަހަކު 1،000ރ. ދައްކަން ޖެހޭނެއެވެ.
އައިރިސް ސްކޭނާއާއެކު ތައްޔާރުކޮށްފައިވާ އެސް8 ފޯނަކީ ސެމްސަންގްއިން މިހާތަނަށް އުފެއްދި އެންމެ ފުރިހަމަ އެއް ފޯނެވެ. ސެމްސަންގ އިން މިފަހަރު އާންމުންނަށް ތައާރަފްކުރި ކުލަތަކަކީ " "މިޑްނައިޓް ބްލެކް" އަދި "މޭޕަލް ގޯލްޑް" އެވެ. އެސް8+ އަށް "ކޮރަލް ބްލޫ" ވަނީ އިތުރުކޮށްފައެވެ.