Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ހުވާގެ ހަފުލާގެ ރެފްރެޝްމަންޓަށް ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބާއްވާތީ އެ ހަފުލާގެ ރިފްރެޝްމެންޓް ތައްޔާރުކޮށް، އެކަން އިންތިޒާމްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފު ކުރަން ނުދާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލަިއ ނުގަންނާނެ ކަމަށެވެ.