މިދިޔަ ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު އާއިލާތަކަށް ހިތަދޫ މައި ޓެކްސީ ސެންޓަރުން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.
މައި ޓެކްސީގެ ފަރާތުން ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް އައްޑޫ ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ފަންޑަށް ފައިސާގެ އެހީއެއް ވެސްވެފަ އެވެ.
މީގެ އިތުރުން ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ރަމަޟާން މަހު މައި ޓެކްސީ ސެންޓަރުގެ ޓެކްސީތަކުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މައި ޓެކްސީގެ ޑްރައިވަރަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް ރަމަޟާން މަހު މައި ޓެކްސީ ސެންޓަރުގެ ޓެކްސީތަކުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އެގޮތުން ކޮންމެ ގެއަކަށް ވަކި ޚާއްސަ ކާޑެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލޭ ދަތުރުކުރެވޭ ކާޑުތައް ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކާއި ހަވާލުކޮށް ދޭނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.