Last Updated: June 23, 18:56
Tuesday, June 23, 2026
ޚަބަރު

މާރިޔާގެ ލޯމަތީގައި ޖެހި މީހާ 200ރ. އިން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލާ، މާރިޔާ އަހުމަދްދީދީ އަށް 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ހަމަލާ ދިން މީހަކުގެ މައްޗަށް ކުށް ސާބިތުވެ 200ރ. އިން ޖޫރިމަނާކޮށްފި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ދުވަހު މާލޭގައި ހިނގި ހަމަނުޖެހުން ތަކުގައި އުސްތާޛާ މާރިޔާ ދީދީގެ ލޯމަތީގައި ޖަހައި ހަމަލާދިން ކަމަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އއ. ރަސްދޫ، ނަންރީތިގޭ ހަސަން ރާޝިދުގެ މައްޗަށެވެ.

މިމައްސަލާގައި ހަސަން ރާޝިދުގެ މާރިޔާއަށް ހަމަލާދިން ކަމަށް ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުންނާއި ހުށައެޅުނު ގަރީނާތަކުން ސާބިތުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.