ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފިރިހެން ލެކްޗަރަކު ޔުނިވާސިޓީގައި ކިޔަވަމުންދާ އަންހެން ދަރިވަރަކާއި ގަދަކަމުން ބެހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންނަށް މައްސަލަ ހުށައެޅިފައިވާ ކަން ކަށަވަރުކޮށްދިން ނަމަވެސް އެމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ވާތީ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ކިޔަވައިދޭން ދިޔަ ލެކްޗަރަކު ބެހުނު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވަނީ ވާހަކަ ދެކެވިފައެވެ. އަދި މިމައްސަލަ މިހާރު ވަނީ ޖެންޑާއަށްވެސް ހުށައެޅިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ގައުމީ ޔުނިވާސިޓީއިން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޔުނިވާސިޓީގެ ބަހެއް ހޯދުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތަށް ވަނީ ކާމިޔާބީއެއް ނުލިބިފައެވެ.