ސައިފް އަލީ ހާންގެ ޕްރޮޑަކްޝަން އިން ބޮލީވުޑަަށް ލޯންޗް ކުރަން ނިންމާފައިވާ ސައިފްގެ އަންހެނުން އަދި ބަތަލާ ކަރީނާ ކަޕޫރުގެ ކަޒިން އަރްމާން ޖެެއިންގެ ފިލްމްގެ ބަތަލާއަކަށް އިންޑިއާގެ ސައުތު ފިލްމް އިންޑަސްްޓްރީގެ ބަތަލާ އެކު ހަމަޖައްސައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަރްމާން (ފޮޓޯގައި) އާ އެކު އެ ފިލްމްގައި ލީޑް ރޯލުން ފެނިގެން ދާނީ ސައުތުގެ ބަތަލާ ދިވްޔާ ޕަރްމޭޝްވަރު އެވެ. މި ފިލްމަކީ ޒުވާނުންނަށް ގުޅޭ ލޯބީގެ ވާހަކައަކަށް ޑައިރެކްޓަރު އިމްތިއާޒް އަލީގެ ކޮއްކޮ އާރިފް އަލީ ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމަކީ އާރިފްގެ ފުރަތަމަ ޑައިރެކްޝަނެވެ.
އިމްތިއާޒް އަލީއަކީ ކަރީނާ އާ އެކު "ޖަބް ވީ މެޓް" އާއި އޭނާގެ ފިރިމީހާ ސައިފް އާ އެކު "ލަވް އާޖް ކަލް" އަދި ކަރީނާގެ ކަޒިން ރަންބީރް ކަޕޫރާ އެކު "ރޮކްސްޓާ" ފަދަ ފިލްމްތައް ޑައިރެކްޓް ކުރި ކާމިޔާބް ޑައިރެކްޓަރެެއްގެ އިތުރުން ސްކްރީން ރައިޓާއެކެވެ. އެހެންވެ އެ ހުނަރު އޭނާގެ ކޮއްކޮ އާރިފްގެ ކިބައިގައި ވެސް ހުންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެެވެ.
އުމުރުން 21 އަހަރުގެ އަރްމާން އަކީ ރިޝީ ކަޕޫރާއި ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރުގެ ކޮއްކޮ ރީމާ ޖެއިންގެ ދަރިއެކެވެ.