ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ގެއްލުންވި ގެތަކަށް އެހީތެރިވުމަށް ފަންޑު ފޮށްޓެއް ހިތަދޫ ހެޕީ ޒޯން ފިހާރައިގައި ބަހައްޓައިފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަންޑު ފޮށްޓައް ލިބޭ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ޤާއިމްކޮށްފައިވާ އައްޑޫ ރިލީފް ފަންޑަށެވެ.

ހެޕީ ޒޯން ފިހާރައިގައި މި ފަންޑު ފޮށި ބަހައްޓާފައި ވަނީ ނޫރުލް އިސްލާމް ޖަމިއްޔާ، ހިތަދޫ މެދު ދާއިރާގެ މެންބަރ އިބްރާހިމްދީދީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.