މިދިޔަ ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި ފަރާތްތަކުގެ ހާލު އޮޅުންފިލުުވުމަށް ޕީޕީއެމްގެ ޓީމެއް ހިތަދޫގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
މިއަދު އައްޑު އަށް ވަޑައިގެންނެވި ޕީޕީއެމްގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް އާއި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފެވެ.
މި ޓީމުގެ ފަރާތުން ގެންދަނީ، ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކޮށް އެފަރާތްތަކަށް އެހީ ލިބުމުގައި ދިމާވެފައިވާ ދަތިތަކީ ކޮބައިތޯ އޮޅުން ފިލުވަމުންނެވެ.