Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

"މުބާރަކަން" ގެ ޕޯސްޓަރު ދައްކާލައިފި

އަނީސް ބަޒްމީ ޑައިރެކްޓްކޮށް އަނިލް ކަޕޫރާއި އަރުޖުން ކަޕޫރް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމް "މުބާރަކަން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި، ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާންކޮށްފި އެވެ.

ހެއްވާ މަޖާ ހާދިސާތަކެއް ފެނިގެންދާ މި ފިލްމް ސިނަމާތަކަށް އަންނާނީ ޖުލައި 28 ގަ އެވެ.

"މުބާރަކަން" ގައި އަރުޖުން ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ.

ފިލްމުގެ ޕޯސްޓަރުގައި ވެސް ފެންނަނީ އަރުޖުންގެ ދެބޭން އަނިލް ހިއްލާލައިގެން ތިބި ތަނެކެވެ.

މި ފިލްމަކީ ބޮޑު ބޭބެ އަނިލްއާ އެކު އަރުޖުން ކުޅުނު ފުރަތަމަ ފިލްމެވެ. އެހެން ނަމަވެސް މިއީ އޭނާ ފިލްމެއްގައި ޑަބަލް ރޯލް ކުޅުނު ދެވަނަ ފަހަރެވެ. ކުރިން އޭނާ ޑަބަލް ރޯލް ކުޅުނީ "އައުރެންގަޒަބް" ގަ އެެވެ.

ކަންޑަންގައި ބޮޑު ބައި ޝޫޓްކޮށްފައިވާ "މުބާރަކަން" ގެ ބަތަލާއިންގެ ތެރޭގައި އިލިއާނާ ޑި ކްރޫޒް، އާތިޔާ ޝެޓީ އަދި ނީޝާ ޝަރްމާ ހިމެނެ އެވެ.

"މުބާރަކަން" އަކީ 2015 ގައި ރިލީޒް ކުރި "ހީރޯ" އިން ބޮލީވުޑަށް ނިކުތް ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާގެ ދެވަނަ ފިލްމެވެ.