Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މީޑިއާތަކަށް އެމްއެމްސީން ފޮނުވި ސިޓީ ބާތިލް ކުރަނީ

ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމްގެ އަނބުރާއި ބެހުނުކަމަށް ބުނެ މީޑިއާތަކަށް ޖަވާބުދާރީ ވުމަށް އެދި މީޑިއާ ކައުންސިލުން މީޑިއާތަކަށް ފޮނުވި ސިޓީ ބާޠިލް ކުރަން ނިންމައިފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކު ބުނީ މިއަދު ކައުންސިލުން މީޑިއާތަކަށް ފޮނުވި ސިޓީ ބާޠިލް ކުރިކަން އަންގާނެކަމަށެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފިސަރގެ އީމެއިލް މެދުވެރިކޮށް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަ ތަކާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކަށް މީޑިއާ ކައުންސިލުން ވަނީ ޖަވާބުދާރީވުމަށް މުއްދަތެއްދީ ސިޓީ ފޮނުވާފައެވެ. އޭގެ ތެރޭގައި "މިހާރު"ނޫސް "ވީއެފްޕީ"އަދި ރާއްޖެއެމްވީ ހިމެނެއެވެ.

މީގެއިތުރުން ރާއްޖެ އެމްވީގެ ހަ ނޫސްވެރިއަކާއި ގުޅޭ މައްސަލަވެސް ވަނީ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.

ދުވަހު ނޫސް "މިހާރު"އިން ބުނީ އެނޫހުން ލިޔެފައިވާ 17 ލިޔުމަކާއި ގުޅޭ މައްސަލާގައި ޖަވާބުދާރީވާން އަންގާފައިވާކަމަށެވެ. އަދި އޮންލައިން ނޫސް "ވީއެފްޕީ"އިން ބުނެފައިވަނީ އެ ނޫހުން ލިޔުނު 10 ލިޔުމަކަށް ޖަވާބުދާރީވާން އަންގާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ނޫސް އިދާރާތަކަށް ފޮނުވި ސިޓީ ބާޠިލް ކުރަން ނިންމިއިރު ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެއްވެސް ނޫސް އިދާރާއަކާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ.