އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އޭނާ އަންނަ ސީޒަނުގައި ފެންނާނީ ކޮން ކުލަބަކުންތޯ ސުވާލު ކުރުމުން ޖަވާބު ދެ ހަފުތާތެރޭ އެނގިގެން ދާނެ ކަމަށް އޭނާ ބުނެފި އެވެ.
ފްރާންސް ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ، ހޯސްޓު ސުވާލު ކުރުމުން ގްރީޒްމަން ބުނެފައި ވަނީ އޭނާގެ ކުރިމަގާއިމެދު ގޮތެއް ނިންމާނީ ދެ ހަފުތާ ތެރޭގައި ކަމަށެވެ.
ޔުނައިޓެޑާ ގުޅިދާނެތޯ ސުވާލު ކުރުމުން ގްރީޒްމަން ބުނެފައި ވަނީ އެއީ ކައިރި ކަމެއް ކަމަށެވެ.
ބެލެވޭ ގޮތުގައި ގްރީޒްމަން މިހާރު އޭނާގެ ކުރިމަގާއި މެދު ގޮތެއް ނިންމުން ފަސްކޮށްފައި ވަނީ މާދަމާ ރޭ ކުޅޭ ޔޫރޮޕާ ލީގު ފައިނަލް މެޗަށެވެ.
ޔޫރޮޕާ ލީގް ޔުނައިޓެޑް ކާމިޔާބުކޮށްފި ނަމަ ޗެމްޕިއަންސް ލީގްގައި ކުޅެވޭނެ އެވެ.
ނަމަވެސް ގްރީޒްމަން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން 100 މިލިއަން ޔޫރޯ އެންމެ މަދުވެގެން ހުށައަޅަން ޖެހޭނެ އެވެ. ގްރީޒްމަންގެ ކޮންޓްރެކްޓުގައި ބައި-އައުޓް ކްލޯސްގެ ގޮތުގައި އެތުލެޓިކޯ އިން ވަނީ 100 މިލިއަން ޖަހައިފަ އެވެ.