ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ ޗެއާމަންކަމުން އަލީ ޚާލިދު ދުރުކުރުމަށްފަހު މއ. މެމޯސާ، އަހްމަދު ސިރާޖް އެމަގާމަށް އައްޔަންކޮށްފިއެވެ.
ސިރާޖު މަގާމަށް އައްޔަން ކުރިކަން އަންގާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައެވެ.
ވެމްކޯގެ ޗެއާމަންގެ މަގާމުން އަލީ ޚާލިދު ވަކިކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އޭނާއާއެކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ފުއާދުވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.
ދެބޭފުޅުން މަގާމުން ދުރުކޮށްފައިވަނީ ކޮން ސަބަބަކާއި ލައިގެން ކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ. އަލީ ޚާލިދު ވަނީ އޭނާ ފުރުއްވަމުން ގެންދެވި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުންވެސް އޭގެ ކުރިން ވަކިކޮށްފައެވެ.