ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިޔާ އަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕްގެ ދެކަނަބަލުން ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި ހާއްސަ ފަރީކޮޅެއްގެ ތެރެއިން ސައުދީ ކަދުރު އެމެރިކާގެ ފަސްޓްލޭޑީ މެލޭނިއާ ޓްރަމްޕް ގަޔާވެއްޖެ އެވެ.
ސަލްމާން ރަސްގެފާނާއި އެހެން ވަޒީރުންނާ އެކު ބޭއްވި ފަރީކޮޅު އިންސާފުކުރައްވަމުން މެލެއިނިއާ ވިދާޅުވީ ކަދުރު ވަރަށް މީރު ކަމަށާއި ވަރަށް ބޮޑަށް ގަޔާވެއްޖެ ކަމަށެވެ.
އެމެރިކާގެ ރައީސް ކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަތް ފަހުން ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ނަޒަރު ވަރަށް ބޮޑަށް ހުއްޓުނު ދަތުރުފުޅެކެވެ.

ހާއްސަކޮށް ޓްރަމްޕް އާއި އެކު ފަސްޓްލޭޑީ މެލެއިނިއާ ބައިވެރިވެވަޑައިގަންނަވާތީ އާއި އެކަމަނާގެ ހެދުން ތައް އަރަބި އިސްލާމީ ސަގާފަތާ ނުގުޅޭ މައްސަލަ އެވެ.
މެލެއިނިއާއަށް ސައުދީ ކަދުރު ގަޔާވި އިރު ސައުދީން ރަމަޟާން މަހާ ދިމާކޮށް ކަދުރު އިސްލާމީ ބައެއް ގައުމުތަކަށް ހަދިޔާ ކުރެއެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.