ރައްޔިތުންގެ ބާރު އަބަދުވެސް ގަދަވާނެ ކަމަށާއި ޚުދުމުހުތާރު ވެރިންނަށް އަބަދު ބާރުގައި ނުތިބެވޭނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.
އުގެއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ތަކުރާރުކޮށް ޚުދުމުހުތާރު ވެރިން ވެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ. ކުއްލި ގޮތަކަށް މިފަދަ ޓުވީޓެއް ކުރެއްވީ ކޮން މުނާސަބަކާ ގުޅިގެން ކަމެއް އުގެއިލް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ދާދި ފަހުން މިސަރުކާރުން ވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުގެއިލްގެ ރިސާޗު ކުރިއަށް ގެންދަން ދޫކޮށްފައި އޮތް އަނބުރާ ސަރުކާރަށް ނަގައިފަ އެވެ.
Dictators do fall, they always do. People power wins out, always.
— Professor Ugail (@ugail) May 23, 2017
އުގެއިލް ވިދާޅުވެފައި ވަނީ އެ ރަށް ނަގާފައި ވަނީ ވަރަށް ބޮޑު ޚަރަދުތަކެއްކޮށް، ވަރަށް މުހިއްމު ރިސާޗްތައް ކުރިއަށް ދަނިކޮށް ކަމަށެވެ.
އުގެއިލް ވަނީ ސަރުކާރުން ރަށް ނެގުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.