Last Updated: April 19, 22:45
Saturday, April 20, 2024
ދުނިޔެ

މެންޗެސްޓާ ހަމަލާއާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި

ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާގެ އެރީނާގައި ޖާނުން ފިދާވެގެން ދިން ހަމަލާ އާއި ގުޅިގެން 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް މަންޗެސްޓާހެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ބަޔަކު މިކަމުގައި ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ މަންޗެސްޓަރ އެރިނާގައި ބޭއްވި ޝޯވްއަށް ފަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މިހާތަނަށް 22 މީހަކު މަރުވެ 59 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތަކެއްވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ ވިދާޅުވީ މި ހަމާލެ އަޑީގައި ތިބި ބަޔަކު ހޯދާނެ ކަމަށެވެ. އަދި އެކަމުގައި މެންޗެސްޓަ ފުލުހުން ކުރިއެރުން ހޯދާނެ ކަމަށް މޭ ވިދާޅުވި އެވެ.