Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޔާމީން މަރަށް އެއް މަސް: ހިނގާލުން ކުރިއަށް ނުގެންދެވުނު

ރަހުމް ކުޑަގޮތަކަށް މަރާލާފައިވާ ޒުވާން ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ހަނދާނުގައި އާއިލާ އާއި އެކުވެރިން ބާއްވާ ހިނގާލުން އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިއްޖެއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "އައްޑޫލައިވް"ގެ ނޫސްވެރިޔާ ބުނީ ހިނގާލުން އިންތިޒާމް ކޮށްފައިވާ ގޮތަށް މަޖީދީ މަގުން ގޮސް ރަސްފަންނަށް ނިންމާލުމަށްޓަކައި ކުރިއަށް ނުދެވޭނެކަމަށް ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެހެންވެ މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗް ސަރަހައްދުގައި މަޑު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ނޫސްވެރިޔާ ބުންޏެވެ.

ޔާމީން މަރާލިތާ މިއަދަށް އެއް މަސް ފުރޭއިރު މި ހާދިސާ އާއި ގުޅިގެން 7 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޔާމީންގެ މަރަށް އިންސާފު ހޯދުމަށާއި އެކަމުގެ ތަހްގީގު ވީހާވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލާފައިވާ ބެނާތަކާއި ފޯސްޓަރުތައް ހިފައިގެންނެވެ.

"ވީއާވިތްޔާމީން"ގެ ނަމުގައި ކުރިއަށް ގެންދާ ސުލްހަވެރި ހިނގާލުމުގައި ވަރަށް ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.