Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ދުނިޔޭގެ އެންމެ މަޝްހޫރު މޯބައިލް ފޯންތަކަކީ ކޮބާ؟

ގަންނަން އެންމެ ރަނގަޅު މޯބައިލް ފޯނަކީ ކޮބައި ހެއްޔެވެ؟

އެ ސުވާލަށް ޖަވާބެއް ހޯދުން ފަސޭހަ ކުރުމަށްޓަކައި ސްޓްރެޓެޖީ އެނެލިޓިކްސް ސްމާޓްފޯން މޮޑެލް ޓްރެކާ (އެސްއެމްޓީ) އިން ވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކެމުންދާ ފަސް މޯބައިލް ފޯނުގެ ލިސްޓެއް އެކުލަވާލައިފަ އެވެ.

1. އެޕަލް އައިފޯން 7

މިއީ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ވިކިފައިވާ މޯބައިލް ފޯނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ގާގްގަނޑަކަށް 21.5 މިލިއަން އައިފޯން 7 ވިކިފައިވެއެވެ. އެއީ ދުނިޔޭގެ ޙިއްސާގެ ބާޒާރުގެ 6% އެވެ.

2. އެޕަލް އައިފޯން 7 ޕްލަސް

ލިސްޓުގެ ދެވަނަގައިވެސް އޮތީ ހަމަ އެޕަލް ކުންފުނީގެ އުފެއްދުމެކެވެ. އައިފޯން 7 އާއިއެކު ނެރުނު މި ފޯނަކީ އައިފޯން 7 އަށްވުރެ ސައިޒުން ބޮޑު ފޯނެކެވެ. ރިޕޯޓް ކުރެވޭ ގޮތުގައި މިހާތަނަށް އެޕަލް އިން ވަނީ 17.4 މިލިއަން އަށްވުރެ ގިނަ އައިފޯން 7 ޕްލަސް ވިއްކާލާފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި 5% ހިއްސާކުރާ ޕްރޮޑަކްޓެކެވެ.

3. އޮއްޕޮ އާރް9އެސް

އޮކްޓޯބަރު 2016 ގައި ޗައިނާގައި ލޯންޗް ކުރެވިގެންދިޔަ މި ފޯންގެ 8.9 މިލިއަން އަށްވުރެ ގިނަ ޔުނިޓް މިހާތަނަށް ވަނީ ވިކިފައެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ފޯން ވަނީ ދުނިޔޭގެ ބާޒާރުގައި 2.5% ގެ ޖާގައެއް ހޯދާފައެވެ.

4. ސެމްސަންގް ގެލެކްސީ ޖޭ3

މިއީ ހަތަރު ވަނައަށް ދުނިޔޭގެ އެންމެ މަޝްހޫރު ފޯނެވެ. 1.7 އިންސައްތަ ހިއްސާ ބާޒާރުގައި ވާ މިފޯންގެ މިހާތަނަށް ވަނީ 6.1 މިލިއަން ޔުނިޓް ވިކިފައެވެ. 2016 ވަނަ އަހަރު ބާޒާރަށް ނެރުނު މި ފޯން އިންޑިއާގައި ލޯންޗް ކޮށްފައި ވަނީ މެއި 2016 ގައެވެ. އެއިރު ފޯން ވިއްކި އަގަކީ ގާތްގަނޑަކަށް 8،990 އިންޑިއާ ރުޕީސް އަށެވެ.

5. ސެމްސަންގް ގެލެކްސީ ޖޭ5

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސެމްސަންގް ގެ މި ފޯންގެ 6 މިލިއަނަށްވުރެ ގިނަ ޔުނިޓް މިހާތަނަށް ވަނީ ވިކިފައެވެ. ދުނިޔޭގެ ބާޒާރުގައި 1.4% ހިއްސާ އޮންނަ މި ފޯން އިންޑިއާގައި ލޯންޗް ކުރެވުނީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ.