Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކޮޅަށް ހުރެގެން ފެން ނުބޯތި!

1. އާތުރައިޓިސް އަށް މަގުފަހިވުން

ކޮޅަށް ހުރެ ފެން ބުއިމަކީ ދިރިއުޅުމުގައި ފަހުން އާތުރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސުމުގެ މައްސަލަ ކުރިމަތި ކުރުވާ ކަމެކެވެ. އެއީ ކޮޅަށް ހުރެ ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ފްލުއިޑްތަކަށް ބުރޫއަރައެވެ. އޭގެ ސަބަބުން ހުޅުހުޅުގައި ފްލުއިޑްތައް ގިނައިން ޖަމާވެ ހަރުލައެވެ.

2. ބަނޑުގެ ކައިރި ފަށަލައަށް ފެން ދިއުން

ސިއްޙީ މާހިރުން ބުނާ ގޮތުގައި ކޮޅަށް ހުރެ ފެން ބުއިމުގެ ސަބަބުން ބަނޑުގެ ކައިރީގައިވާ ފަށަލައަށް ވަރަށް ބޮޑަށް ފެން ދެއެވެ. ބާރު މިނުގައި އެ ފަށަލައަށް ފެން ދިއުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ދާއިމީ މައްސަލަތަކެއް ކުރިމަތިކުރުވާ، ވަރަށް ނުރައްކާތެރި ކަމެކެވެ.

3. ކަރުހިއްކުން ނުފިލުން

ކޮޅަށްހުރެ ފެން ބުއިމުން މުޅިން އެއްކޮށް ކަރުހިއްކުން ނުފިލާނެއެވެ. އިތުރަށް ފެން ބޯ ހިތްވާނެއެވެ. އެހެންކަމުން ތަނެއްގައި އިށީނދެގެން ހުރެ މަދުމަދުން ފެން ބުއިން މާ ބުއްދިވެރިއެވެ.

4. ހަޖަމުކުރުމަށް ބުރޫއެރުން

އިށީނދެގެން ހުރެ ފެން ބުއިމުން ހަށިގަނޑުގެ މަސްތަކާއި ނާރުތައް ހުންނަނީ ރިލޭކްސްވެފައެވެ. އެހެންކަމުން އެހެނިހެން ކާއެއްޗެއްސާއި އެކު ފެންވެސް ހަޖަމް ކުރުމަށް ނާރުތަކަށް ފަސޭހަވެގެންދެއެވެ.

5. ކިޑްނީގައި ރަނގަޅަށް ފެން ސާފުނުވުން

ކޮޅަށްހުރެ ފެން ބުއިމަކީ ކިޑްނީ އިން ފެން ފިލްޓާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ކަމެކެވެ. އެގޮތުން ބައެއް ހަޑިއެއްޗެހި ކިޑްނީ އާއި ބްލެޑާގައި ބާކީވެފައި ހުރެއެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ޖެހި ކިޑްނީއަށް ދާއިމީ ގެއްލުން ލިބެއެވެ.

6. ހަށިގަނޑުގައިވާ އެސިޑްތައް ޑައިލިއުޓްނުވުން

އާޔުރްވޭދާ ގައި ވެސް ބުނެފައި ވަނީ ފެން ބޯން ޖެހޭނީ މަޑުމަޑުން އަދި މަދުމަދުން ކަމަށެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ހުންނަ އެސިޑްތައް އެކަށީގެންވާ މިންވަރަށް ފެނާއި އެކުވެ ޑައިލިއުޓްވެގެން ދެއެވެ.

7. އަލްސާ އުފެދި މެއިން ދިލަ ނެގުން

ކޮޅަށް ހުރެ ފެން ބުއިމުން ކާއެއްޗެހި ދާ ހޮޅިއަށް ވަރަށް ބޮޑަށް ބާރުކުރެއެވެ. އޭގެ ސަބަބުން ބަނޑާއި އީސޯފެގަސް ގުޅުވާލަދޭ ސްފިންކްޓާ އަށް ބުރޫއަރައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސިޑްތައް ކަރުން އަރާގޮތްވެ، މެއިން ދިލަނަގައެވެ.

8. ނާރުތަކަށް ދަތިވުން

ކޮޅަށް ހުރެ ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށް ވަރަށް އުނދަގޫވެއެވެ. އޭގެ ބަދަލުގައި އިށީނދެގެންހުރެ ފެން ބުއިމުން ނާރުތައް ރިލޭކްސްވެގެން ދެއެވެ. އޭގެ ސަބަބުން ހިއްސުތަކަށް ފަސޭހަވެ، ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަކަމެއް ލިބިގެންދެއެވެ.