Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެން ކުއްޖަކު މަރުވެއްޖެ

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި މަރުވެފައި ވަނީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އާއިޝަތު ރާއިހާ ނަމަކަށް ކިޔާ ކުއްޖެކެވެ.

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެފައިވާކަން ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސްލޭޓުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

މިހާދިސާގައި ރާއިހާ އާއި އެކު ދަތުރުކުރި އެހެެން ދިވެހިން ތަކަކަށްވެސް ވަނީ އަނިޔާ ލިބިފަ އެވެ.