Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމްގެ މައި ސްޕޮންސަރަކަށް ބީއެމްއެލް

ބައްސާމް އަދި އެންޑްރޫ ހީލީ، ފޮޓޯ: އަވަސް

ގައުމީ ފުޓްބޯޅަ ޓީމްގެ އޮފިޝަލް ސްޕޮންސަރަކަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި ރަސްމީ އެއްބަސްވުން ތަކުގައި ސޮއިކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އެންޑްރޫ ހީލީއެވެ.

މި ރަސްމިއްޔާތުގައި ބެންކް ލޯގޯ ޖެހި ގައުމީ ޓީމްގެ ފަހުގެ ޖާޒީ ކިޓް ދައްކާލިއެވެ. އަދި ބޭންކްގެ ފަރާތުން ގައުމީ ޓީމް ރާއްޖޭން ބޭރަށް ކުރާ ދަތުރު ތަކުގައި ބޭނުން ކުރާނެ ކާޑް ހަވާލު ކުރުން އޮތެވެ.

ބޭންކުން ބުނީ މި ކާޑު މެދުވެރިކޮށް ގައުމީ ޓީމްގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ރާއްޖޭން ބޭރުން މުޢާމަލާ ކުރެވޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްތައް ރާއްޖޭގެ އެންމެ ބޮޑު ބްރޭންޑާއެކު، އެއްބަސްވުމަށް އާދެވުމަކީ، ފުޓްބޯޅަ އާއިލާއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.