Last Updated: April 27, 06:00
Saturday, April 27, 2024
ސިޔާސީ

ވޯޓަށް ފަހު ޖަލްސާތަކަށް މީހުން ނުދާތީ އާރިފް ކަންބޮޑުވެއްޖެ

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ނާކާމިޔާބީ އަށް ފަހު ކޯލިޝަނުން ބާއްވާ ހަރުގެ ޖަލްސާތަކަށް ހާޒިރުވާ މީހުންގެ އަދަދު ދަށްވަމުން ދާތީ ކެލާ ދާއިރާގެ މެމްބަރު، އަލީ އާރިފް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާރިފްގެ ކަންބޮޑުވުމުގެ މެސެޖު ފޮނުވާލާފައިވަނީ ޕީޕީއެމްގެ ވައިބާ ގްރޫޕަކަށެވެ.

ގްރޫޕުގައި ހަރުގެ ޖަލްސާތަކަކީ ރައީސް ޔާމީންގެ ވިދާޅުވެގެން ބާއްވާ ޖަލްސާތަކަކަށް ވާއިރު ޖަލްސާތަކުގެ ހާޒިރީ ދަށްވާތީ އެއިން ބުނެދެނީ އެހެން ވާހަކައެއް ހެން ހީވާ ކަމަށް އާރިފް ވިދާޅުވިކަމަށް ޚަބަރު ފެތުރިފައިވެއެވެ.

"…މި ތަނުގެ ހާޒިރީން ބުނެދެނީ މުޅިން އެހެން ވާހަކައެއްހެން ހީވާތީ ހަމަ ދަންނަވާލެވުނީ. ކުށެއް ކަމުގައި ވާ ނަމަ ދީލަތި މާފަކަށް އެދެން،"

ކައުންސިލް އިންތިޚާބަށްފަހު ޕީޕީއެމް ޖަގަހައިގައި ކޮންމެ ރެއެއް ގޮތަށް ސަރުކާރު ކޯލިޝަނުގެ މެމްބަރުން ވާހަކަ ދައްކަވާ ޖަގަހަ ޖަލްސާތައް ކުރިއަށް ގެންދެއެވެ. ނަމަވެސް ބައެއް އާންމު ރައްޔިތުން ވަނީ ކައުންސިލް އިންތިޚާބުގެ ކުރިން ބޭއްވި ކެމްޕޭނު ޖަލްސާތަކަށް މީހުންދާ މިންވަރާއި އިންތިޚާބުގެ ފަހުން ހަރުގެ ޖަލްސާތަކަށްދާ މީހުންގެ އަދަދު ނިސްބަތުން މަދުވެފައިވާ ކަމަށެވެ.