Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރާއިހާގެ ހަށިގަނޑު މޯޗަރީ އަށް ލައިފި

ރޭ ދަންވަރު ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ރ. މަޑުއްވަރީ އުމުރުން 24 އަހަރުގެ އާއިޝަތު ރާއިހާގެ ހަށިގަނޑު ތަހްގީގަށް މޯޗަރީ އަށް ލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއިހާ ނިޔާވެފައިވަނީ ހޮސްޕިޓަލުން ނިކުމެގެން އެހެން ދިވެހި އަންހެން ބަޔަކާއި އެކު އޮޓޯއަށް އެރިތަނުން ފަހަތުން ދުއްވާފައި އައި ވެހިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.

މިހާދިސާގެ ތަހްގީގު އިންޑިއާ ފުލުހުން ކުރަމުން އަންނަ އިރު ރައިހާ އާއި އޭނާގެ ރައްޓެހިން އެރި އޮޓޯގައި ޖެހުނު ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލުގައިކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓް ހިނގި ވަގުތު ކައިރީ އެހެން އޮޓޯއެއްގައި ރާއިހާގެ ފިރިމީހާ އާއި އިތުރު އެހެން ދިވެހިންތަކެއް ތިއްބެވެ. އެކްސިޑެންޓް ހިނގުމާއި އެކު ރާއިހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ރާއިހާގެ ފިރިމީހާއެވެ.