Last Updated: June 23, 18:56
Tuesday, June 23, 2026
ޚަބަރު

ތިމަރަފުއްޓަށް މި ފަހަރު ވެސް މުސްތަފާގެ ކާޑު

ތ. ތިމަރަފުށީ ދާއިރާގެ ހުރިހާ ރައްޔިތުންނަށް އަންނަ ރަމަޟާން މަހަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް މި ފަހަރު ވެސް ފޮނުވާނެ ކަމަށް ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކާޑުގެ އަގު ބޮޑު ކުރި ނަމަވެސް މިފަހަރުވެސް ތިމަރަފުށީ ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދޭނެ ކަމަށެވެ. #

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއަކާއި ކޮންމެ ދެ ގެއަކަށް ހަކުރު ބަސްތާއެއް ދޭގޮތަށް މުސްތަފާ ވަނީ ނިންމާފައެވެ.

"ދާއިރާގެ ހުރިހާ ގެއަކަށް ބޭނުންވާ ސާމާނު ހުރީ ހަމަޖެހިފައި. ފޮނުވާނުލެވިގެން މިއުޅެނީ މޫސުން ގޯސްކަމުން. ކަނޑުމަގުން ނުފޮނުވޭނަމަ އެއާފްރައިޓުކޮށްގެންވެސް ރޯދައަށް ރައްޔިތުންނަށް ކާޑު ފޯރުކޮށްދޭނަން."

މުސްތަފާ ވިދާޅުވެފައިވަނީ ކޮންމެ އަހަރަކުވެސް ރޯދައަށް ދާއިރާގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުން އެހެން މެމްބަރުން މައްސަލަ ޖައްސާ ކަމަށެވެ. ބައެއް މެމްބަރުންގެ މާލީ ފުދުންތެރިކަން ކޮންމެ ގެއަކަށް ފޯރުކޮށްދެވޭ ވަރަށް ނުހުންނަ ކަމަށްވެސް ވިދާޅުވާ ކަމަށްވެއެވެ. މުސްތަފާ ވިދާޅުވަނީ މުސްތަފާބޭ ފޯރުކޮށްދޭ ވަރަށް ނުދިން ނަމަވެސް ކޮންމެވެސް ވަރެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގާބިލުކަން ހުންނަވަން ޖެހޭނެ ކަމަށެވެ.