Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

"ސުވާދިވް" ގައި މި ފަހަރު ވެސް ހާއްސަ ތިން މެނޫއެއް

ކުރިއަށް އޮތް ރޯދަ މަހު ވެސް ހިތަދޫ ސްވާދިވް ކެފޭގައި ރޯދަ ވީއްލުމަށް ތިން މެނޫއެއް ހާއްސަކޮށްފި އެވެ.

ހޯމަ ދުވަހާއި ބުދަ ދުވަހަށް ހާއްސަ މެނޫގެ އެކެއްގެ އަގަކީ 200ރ. އެވެ. އާދީއްތަ ދުވަހާއި އަންގާރަ ދުވަހަށް ހާއްސަކޮށްފައިވާ މެނޫ ދޭއްގެ އަގަކީ 185ރ. އެވެ.

މީގެ އިތުރުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހަށް ހާއްސަ މެނޫ ތިނެއްގެ އަގަކީ 220ރ. އެވެ.

ސްވާދިވުން ބުނީ އެ ކެފޭގައި ރޯދަ ވީއްލުން އިންތިޒާމު ކުރަން ބޭނުންވާ މީހުން 7930092 އަށް ގުޅުމުން ރިޒަވޭޝަން ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ސްވާދިވުން ހާއްސަ މެނޫތަކާ އެކު ބާއްވާ ރޯދަ ވީއްލުންތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ.