Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ސަރުކާރުން އައްޑު އަށް ފޯރުކޮށް ދިނީ ނަމޫނާ އެހީއެއް: ޕީޕީއެމް

މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ސަރުކާރުން ވެދެއްވި އަވަސް އެހީއަކީ އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން އައްޑޫއަށް ކޮށް ނުދޭވަރުގެ އެހީތަކެއް ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ނަގޫރޯޅީގެ ގެއްލުން ބައްލަވާ ލެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވަޑައިގެން އެގެތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު އެޓީމްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ، ޕާޓީގެ ޓީމުން މީހުންނާއި ބައްދަލުކޮށް ވާހަކަދައްކާލުމުން ސަރުކާރުން ވެދެއްވި އެހީތެރިކަމާއި، ގެއްލުންވި ތަންތަން މަރާމާތު ކޮށްދިން އަވަސް މިނަށް ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

ޕީޕީއެމްއިން ބުނީ ގެއްލުން ލިބުނު އާއިލާތަކާއި ޕީޕީއެމްގެ ވެރިން ބައްދަލުކޮށް އިތުރަށް ވެދެވޭނެ އެހީތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ހިތަދު އަށް އެރި ނަގޫރޯޅީގައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު ޖުމްލަ 29 ގެއަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މި ހާދިސާގައި ފުރާޅު އެއްލާލި ހުރިހާ ގެއެއްގެ ފުރާޅު ވަނީ ސަރުކާރުން މަރާމާތުކޮށްދީފައެވެ. މި ހާދިސާއަށްފަހު ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ މިއީ ސަރުކާރުގެ "އޯގާތެރިކަމުން" ކޮށްދެއްވި ކަންކަން ކަމަށެވެ.