Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ލަންކާގައި ދިވެހި ކިޔަވާ ކުއްޖަކު މަރުވެފައި އޮތްވާ ފެނިއްޖެ

ލަންކާގައި ކިޔަވަން ހުރި ޒުވާން ފިރިހެން ކުއްޖަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އިސްމާއީލް ޒުލާލު ނަމަކަށްކިޔާ ޒުވާނެކެވެ. ޒުލާލު ފެނުނީ ކޮޓަރިން ކުނިވަސް ދުވާތީ ގޮސް ބެލުމުންނެވެ.

އޭނާ މަރުވެފައި އޮތްވާ ފެނިފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ކަޅުބޯވިލާ ސަރަހައްދުގެ ގެއަކުންނެވެ.