Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ކުލަ ރަތް ކުލައިން އޮރެންޖަށް ބަދަލުކޮށް ކުންފުނީގެ ލޯގޯ ބަދަލުކޮށްފިއެވެ.

ދިރާގުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފައިވަނީ "ވަޓްސްނެކްސްޓްއެމްވީ"ގެ ނަމުގައި ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕެއިން ކުރުމަށްފަހުއެވެ.

11 އަހަރަށްފަހު ދިރާގުގެ ލޯގޯ ބަދަލުކުރިއިރު މިފަހަރުގެ ލޯގޯއިންވެސް ދައްކައިދެނީ އަތްތިލައެކެވެ. ކުރީގެ ލޯގޯގައިވާ ކެޕިޓަލް "ޑީ ގެ ބަދަލުގައި މިފަހަރުގެ ލޯކޯގައިވަނީ ސިމްޕަލް "ޑީ"އެކެވެ. އެއާއިއެކު ދިރާގު އަޅާފައިވާ ފޮންޓްވެސް ވަނީ ބަދަލުކޮށްފައެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކުލަ އޮރެންޖަށް ބަދަލުކޮށް ރެއިން ފެށިގެން އެކުންފުނީގެ ވެބްސައިޓްގެ ކުލަވެސް އޮރެންޖަށް ބަދަލުކޮށްފައެވެ. އެއާއި އެކު މުވައްޒަފުންގެ ޔުނިފޯމްތައް ވެސް ވަނީ އޮރެންޖަށް ބަދަލުކޮށްފައެވެ.