Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

އަޅުގަނޑުގެ އަނގޮޓި ގަނެލާނެ ފެންވަރު ވެސް އިދިކޮޅު މީހުންގެ ނެތް: އަދުރޭ

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

އިދިކޮޅު ފަރާތްތަކުން ކިތަންމެ "ޑީލެއް" ހަދަން މަސައްކަތް ކުރި ނަމަވެސް އެކަން ސަރުކާރުން ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ "ގޮތެއް ފޮތެއް ނެތް ބައެއް ކައިރިއަށް" ސަރުކާރު މަޖިލިސް މެމްބަރުން ނުދާނެ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވަނީ އެބޭފުޅާގެ އަތުކުރީގައި އޮތް ގަނޑިއާއި އަނގޮޓި ގަންނާނެ ފެންވަރު ވެސް އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނެތްކަމަށް ވިދާޅުވެފައެވެ.

"ކިހިނެއްހޭ މިއަދު އަޅުގަނޑުމެން ގަނެގެން ގެންދާނީ. އަޅުގަނޑުގެ އަތުގަ މި އޮތް ގަޑި ކީއްކުރަންތޯއޭ އަނގޮޓި ގަނެލާނެ ފެންވަރު ވެސް އިދިކޮޅު ފަރާތްތަކުގެ ނުހުންނާނޭ،"

ސަރުކާރުން އަމަލުކުރަމުން ގެންދާނީ ގާނޫނުތަކާއި އެއްގޮތަށް ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، އެއްވެސް ޑީލެއް ހަދައިގެން އިދިކޮޅު ފަރާތްތަކަށް ފަޅު ރަށެއް އަދި ގޯއްޗެއް ވެސް ނުލިބޭނެ ކަމަށެވެ.

"ފަޅު ރަށެއްވެސް ނުލިބޭނެ. ގޯއްޗެއް ވެސް ނުލިބޭނެ. ރިސޯޓެއް ވެސް ނުލިބޭނެ. ހަމަ ލިބޭނީ މިގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ އެއްކަމެއް ވެސް ނުވާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.