Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އޮސްލޯ ފޯރަމްގައި ނަޝީދު ބައިވެރިވީތީ ހިތާމަކުރަން: އާރިފް

ނޯވޭގެ އޮސްލޯގައި ބޭއްވުނު "އޮސްލޯ ފްރީޑަމް ފޯރަމުގައި" ދިވެހި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވިވަޑައިގެންނެވީތީ ދިވެއްސެއްގެ ގޮތުން ހިތާމަ ކުރާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވެފައިވަނީ މުސްލިމް ގައުމެއްގެ ރައީސްކަން ކުރެއްވި ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާ ފޯރަމެއްގައި ވާހަކަ ދައްކައި ތަގުރީރު ދިނުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"ފްރީޑަމް ފޯރަމްގައި ބަހުސް ކުރެވުނު އެއްކަމާ ބެހޭ ގޮތުން އަޅުނގަޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެލްޖީބީޓީ. އެ ހަތަރު އަކުރުން ރަމްޒު ކޮށްދޭ ކަންކަން ޕްރޮމޯޓްކުރުމަށް ޓަކައި ދިވެހި ރާއްޖޭގެ މި ސައްތައިން ސައްތަ މުސްލިމް ގައުމުގައި ރައީސްކަން ކުރެއްވި ބޭފުޅަކު ވަޑައިގެންނެވިއޭ. އެވާހަކަ މި ރާއްޖޭގެ މީޑިއާތަކުން ނުގެނެސްދޭކަމީ ދިވެއްސަކަށްވެ ހުރެ ހިތާމަ ކުރާކަމެއް،

ބައިނަލް އަގުވާމީ ގޮތުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ފްރީޑަމް ފައިޓާސްއިން އިންތިޒާމު ކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ މި ފޯރަމުގައި އިންސާނީ ހައްގުތަކާއި ހުދުމުހުތާރުވެރިކަމާއި އަދި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކޮށް އެކަމާއި ބެހޭގޮތުންވެސް އެކިއެކި ލީޑަރުންނާއި ނޯބަލް ޕީސް ޕްރައިޒް ލިބިފައިތިބި ބޭފުޅުން ވާހަކަ ދައްކަވައެވެ.

ނަމަވެސް ނަޝީދުގެ ވާހަކަ ބިނާވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުންނެވެ. ނަޝީދު ވަނީ ރާއްޖޭގައި މިހާރު އޮތީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިވެރިކަން ބަދަލު ކުރައްވާނޭ ކަމަށް މިފޯރަމުގައި ވިދާޅުވެފައެވެ.