Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއް

ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުން ސައުދީ އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އިން ރާއްޖެއަށް ހަދިޔާ ކުރި ޕެކެޓް ބަހަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކަދުރު ބަހަން ފަށާފައިވާ ކަމަށާއި ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ މަގުން ކަމަށެވެ.

މިނިސްޓްރީގެ އިއްލާނުގައި ބުނެފައިވަނީ ކުއްޔަށް އުޅޭ ފަރާތްތަކުން ކުލީގެ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ކަދުރު ބަލާ އަންނަ އިރު ގެންނަން ޖެހޭނެކަމަށެވެ. އަދި ކަދުރު ބަލައި އަންނަ ފަރާތުން އައިޑީ ކާޑް ގެންނަަން ޖެހޭނެކަމަށް އިއްލާނުގައިވެއެވެ.

މާލެ އާއި ވިލިމާލެއަށް ކަދުރު ބަހާނީ ހައުސިން މިނިސްޓްރީންނެވެ. ހުޅުމާލެއަށް ކަދުރު ބަހާނީ އެޗްޑީސީންނެވެ. އަތޮޅުތަކަށް ކަދުރު ބަހާނީ ރަށު ކައުންސިލް ތަކުންނެވެ.