Last Updated: June 23, 19:05
Tuesday, June 23, 2026
ޚަބަރު

ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާ އާސަންދަ ކުންފުނީގެ އެމްޑީއަށް

ހައި ކޯޓުގެ ކުރީގެ ރެޖިސްޓްރާގެ މަގާމު ފުރުއްވި ހަސަން އަލީ މިއަދުގެ ވަގުތެއްގައި އާސަންދަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ހަސަން އަލީ މަގާމަށް އައްޔަން ކުރި ކަން އަންގާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓަކުންނެވެ. ހަސަން އަލީއަށް އާސަންދައިގެ އެމްޑީގެ މަގާމު ހަމަޖައްސާފައިވަނީ އެމަގާމު ކުރިން ފުރުއްވަމުން ގެންދެވި މައުމޫން އަބްދުއްސަމަދު މަގާމުން މިއަދު ދުރުކުރުމަށް ފަހުގައެވެ.

މިސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުވެސް ފުރުއްވާފައި ހުރި ހަސަން އަލީއަކީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާގެ މަގާމުން ދުރުކުރުމަށްފަހު ރައީސުލްޖުހުމުހޫރިއްޔާ ވަނީ އޭނާ ހައުސިންގ މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކޮށްފައެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން މައުމޫން ވަކިކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.