Last Updated: April 18, 11:00
Thursday, April 18, 2024
ޚަބަރު

ގެއްލިގެން ހޯދި ކަޓަމަރާން ފެނިއްޖެ

އަތުރުގައު އައިލެންޑް ރިސޯޓުން މިއަދު ކަޓަމަރާންއެއްގައި ކަނޑަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ދިއްގިރި ރިސޯޓް އާއި މޭލެއްހާ ބޭރުން ހޯދައިފި އެވެ.

އ.ދ އަތޮޅުގައި އޮންނަ މިރިސޯޓުގެ ވޯޓާ ސްޕޯޓްސް ޑިވިޝަނުގައި މަސައްކަތް ކުރަމުން ދިޔަ ލަންކާ މީހާ މިއަދު ކަނޑަށް ނިކުމެފައިވަނީ 18 ފޫޓުގެ ކަޓަމަރާންއެއްގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދިޔައީ ރިސޯޓާއި އެމްއެންޑީއެފްއާއި ގުޅިގެންނެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އޭނާ ފެނިފައިވަނީ ރިސޯޓުގެ އުޅަނދަކަށް ކަމަށެވެ. ކަޓަމަރަން ފެނިފައިވަނީ ހޯދަމުންދާތާ 3 ގަޑިއިރު ފަހުން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

ކަޓަމަރާން ގެއްލިގެން އުޅޭ ކަމުގެ ޚަބަރު ލިބިފައިވަނީ މިއަދު މެންދުރު 12:50 އެހާކަށްހާއިރެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ޚަބަރު ލިބުމާއެކު އެއަތޮޅު މަހިބަދޫގައި އޮތް ސީއެމްބިއުލާންސަކާއި ކޯސްޓްގާޑްގެ ފާސްޓް އެންޓާސެޕްޓަރު ކްރާފްޓެއް އެސަރަހައްދަށް ވަނީ ފޮނުވާފައެވެ.