Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އެމެރިކާއިން ރާއްޖެއަށްދޭ އެހީ ބޮޑުތަނުން ކުޑަކޮށްފި

އެމެރިކާއިން ދިވެހި ރާއްޖެއަށްދޭ އެހީ ވަރަށް ބޮޑުތަން ކުޑަކޮށްފިއެވެ.

އެމެރިކާގެ ބަޖެޓްގައި ދެކުނު އޭޝިއާގެ ގައުމުތަކަށްދޭ އެހީ ވަރަށް ބޮޑުތަން ކުޑަކޮށް ހުށަހަޅާފައިވާއިރު އެންމެ ރާއްޖެއަށް ދޭ އެހީ ވަނީ 86 ޕަސެންޓް މަދުވެފައެވެ.

ބަރަކް އޮބާމާގެ ސަރުކާރުގައި ރާއްޖެއަށް 3.3 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ އިރު މިހާރުގެ ސަރުކާރުން ރާއްޖެއަށް އެހީދޭން ނިންމާފައިވަނީ އެންމެ 440،000 ޑޮލަރެވެ. ރާއްޖެއަށް މިފަހަރު އެހީ ފޯރުކޮށްދެނީ ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކަށާއި އަސްކަރީ ދާއިރާއިން ތައުލީމް ހާސިލްކުރަން އެކަންޏެވެ.

ދެކުނު އޭޝިއާ ގައުމުތަކަށް ބަލާއިރު މިފަހަރުވެސް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދެނީ އަފްޤާނިސްތާނަށެވެ. އެގައުމަށް 782 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ. އަވައްޓެރި ލަންކާއަށް ކަނޑައަޅާފައިވަނީ 3.3 މިލިއަން ޑޮލަރެވެ.