Last Updated: April 20, 17:01
Saturday, April 20, 2024
ޚަބަރު

ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އުރީދޫން 25،000ރ.

މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވި ފަންޑަށް އުރީދޫ މޯލްޑިވްސްއިން ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން ވަނީ 25،000 ރުފިޔާގެ ފައިސާ ފަންޑަށް ހަދިޔާކޮށްފައެވެ. އުރީދޫގެ ފަރާތުން ފައިސާގެ ލިޔުން އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްދެއްވީ ރީޖަނަލް ސޭލްސް މެނޭޖަރ އަބްދުﷲ ސައީދުއެވެ

ކައުސިލްގެ ފަރާތުން ލިޔުމާއި ހަވާލުވެލެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)އެވެ. މިރަސްމިއްޔާތުގައި ސޯބެ ވަނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ގެއްލުންވި ފަރާތްތަކަށް އެހީތެރިވެދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.

ހިތަދޫއަށް އެރި ނަގޫރޯޅީގައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ވަނީ އެހިތެރިކަން ފޯރުކޮށްދީފައެވެ. މިހާދިސާގައި ޖުމްލަ 29 ގެއަކަށް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ.

ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކައުންސިލުންވަނީ ފަންޑެއް ހުޅުވާފައެވެ.