Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރޯދަ މަހާ ދިމާކޮށް ދޫނިދޫގައި އާ މިސްކިތެއް ހުޅުވައިފި

photo: Police

ދޫނިދޫ ޖަލުގައި މަސައްކަތް ކުރާ ފުލުހުންނާއި އެރަށަށް ޒިޔާރަތް ކުރާ އާންމުން ނަމާދުކުރުމަށް ރޯދަ މަހާ ދިމާކޮށް އެރަށުގައި އާ މިސްކިތެއް ހުޅުވައިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި ޖުމުލަ ދެ މަހާއި 19 ދުވަހުގެ ތެރޭގައި އަޅާ ނިންމި މިމިިސްކިތަކީ 250 މީހުންނަށް އެއްވަގުތަކު ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުވާދިނުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަހުމަދު އަޒުލީނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި މިސްކިތަކީ ފުލުހުންގެ ތެރޭގައި އިސްލާމްދީނަށް އޮތް ލޯބި ރަމްޒުކޮށްދޭ ނަމޫނާއެއް ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތުގައި ބައިވެރިވި އެންމެހާ ފުލުހުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު އެޅި މިމިސްކިތުގެ ޖުމުލަ ޚަރަށް 3 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރީ މެރިން ޕޮލިސްއަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެގެންނެވެ.