Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އުރީދޫ ރޯދަ ޕްރޮމޯ: ކޮންމެ ހަފުތާ އަކު ރޯދަ ހަދިޔާ!

މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އުރީދޫން ކުރިއަށް އޮތް ރަމަޟާން މަހުގައި ކޮންމެ ހަފުތާ އަކު ރޯދަ ހަދިޔާގެ ގޮތުގައި އަގުބޮޑު އިނާމުތަކެއް ހުށައަޅައިފި އެވެ.

މިއަދު އުރީދޫން ރޯދަ އަށް ޚާއްސަ ޚިދުމަތްތަކާއި ޕްރޮމޯޝަންތައް ތައާރަފް ކުރަމުން ކޮންމެ ހަފްތާއަކު ވެސް ކަސްޓަމަރުންގެ ބައިވެރިވުމާއެކު ލަކީ ޑްރޯއެއް ބޭއްވުމަށް ނިންމާފައި ވެއެވެ.

އުރީދޫ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޑްރޯގައި މިހާރު އުރީދޫ ބޭނުން ކުރާ ކަސްޓަމަރުންނަށާއި އަލަށް މި ރަމަޟާން މަހުގައި އުރީދޫ ޚިޔާރުކުރައްވާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.

ވީކްލީ ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް ކަސްޓަމަރަކަށް ހަތަރު މީހުން ރޯދަ ވީއްލުމެއް އެޗްއައިއެޗް އިން ލިބޭއިރު އޭގެ އިތުރުން އަގުހުރި އިނާމެއް ލިބޭނެއެވެ. ކޮންމެ ހަފްތާއަކު ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ބަދިގެ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ބައިސްކަލް، އަދި ސެމްސަންގ ގެލެކްސީ އެސް8 ފަދަ އަގުހުރި އިނާމުތަކެވެ.

މީގެ އިތުރުން ރަމަޟާން މަސް ނިމިގެން ލިބޭ ޚާއްސަ އިނާމުގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް ދެބޭފުޅުންގެ ދެރޭގެ ހުރުމާއިއެކު މެލޭޝިއާ ދެކޮޅު ޓިކެޓު އުރީދޫއިން ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު ރީޗާޖް ކޮށްލެއްވުމުންނާއި އުރީދޫ އެމް ފައިސާ އަށް ރަޖިސްޓަރ ކުރެއްވުމުން ގިފްޓް ކޯޑެއް ލިބިގެންދާނެއެވެ. މި ކޯޑު "433" އަށް އެސްއެމްއެސްއެއް ކުރުމުން ހިލޭ ޑޭޓާއާއި ހިލޭ މިނެޓު ފަދަ އިނާމުތައް ލިބިގެންދާނެއެވެ.

އިނާމުތަކުގެ އިތުރުން މި ރަމަޟާން މަހު އުރީދޫ އިން ވަނީ މުޅިން އާޚިދުމަތްތައްވެސް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައެވެ. ޚިދުމަތްތަކުގެ ތެރޭގައި ނަމާދު ވަގުތު ހޯއްދެވުމަށް "GO" ޖެއްސުމަށްފަހު "4777" ފޮނުއްވުމުން ނަމާދު ވަގުތު އެނގިގެންދާނެއެވެ.

އަދި ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ދިވެހި ތަރުޖަމާއާއި މަދަހަތައް ލިބިވަޑައިގަންނަވާނެއެވެ. މަދަހަ އާއި ތަރުޖަމާ ހޯއްދެވުމަށް “BuyTune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވައުޟު ނަސޭހަތް ހޯއްދެވުމަށް GOR ޖެއްސެވުމަށްފަހު 4546 އަށް މެސެޖު ކުރެއްވުމުން އެޚިދުމަތް ލިބޭނެއެވެ.

އަދި ބަދިގެއަށް ޚާއްސަ ކެއްކުމާއި ބެހޭ މައުލޫމާތު GOC ޖެއްސެވުމަށްފަހު 4546 މެސެޖު ފޮނުވުމުން އެޚިދުމަތްވެސް މިރަމަޟާން މަހު އުރީދޫ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެއިތުރުން ރަމަޟާން މަހަށް ޚާއްސަކޮށް އުރީދޫ އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ފިތުރު ޒަކާތް ދެއްކުން ހިމެނެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ ޕްރިޕެއިޑް މިކްސް ބޭނުން ކުރައްވައިގެން *909# އަށް ގުޅުއްވުމުން އިތުރު އަގަކާއި ނުލާ ފިތުރު ޒަކާތް ދެއްކޭނެއެވެ.