Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިރުސް ކިލޯއެއްގެ އަގު 700ރ. އަށް ވުރެ މައްޗަށް

ރަމަޟާން މަސް ފެށޭ އިރު ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު 700ރ. އަށް އުފުލިއްޖެ އެވެ.

މިދިޔަ ހަފްތާގައި ބާޒާރުގައި 100 ގުރާމް މިރިސް 20ރ. އަށް ލިބެން ހުރިއިރު ރޯދައަށް އެއް ދުވަހަށް ވީއިރު 100ގ. މިރުސް ލިބެން ހުރީ 35ރ. އަށެވެ.

ގިތެޔޮ މިރުހުގެ އަގު ވަނީ 100ގ. 60 އިން 75ރ. އަށް އުފުލިފައެވެ. ލޯކަލް މާރުކޭޓުގައި މިރުސް އަގުބޮޑު ކޮށްފައިވާއިރު އެންމެ ތިޔާގި އެއްބާވަތަކަށް ހުރީ މިރުސް ކަން ފާހަގަކޮށްލެވެއެވެ.

މިހާރުގެ އަގުތަކުގައި މިރުސް ކިލޯއެއް ލިބެނީ 200ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގައެވެ. ގިނަ ބަޔަކު މިރުހުގެ އަގު ބޮޑުވެ މި ރޯދަމަހު ރޯމިރުހާއި ނުލާ ކައްކަން ވަނީ މަޖުބޫރުވެފައެވެ.

މިރުހުގެ އަގު ކުއްލިއަކަށް ބޮޑުވީ ކީއްވެތޯ ސުވާލުކުރުމުން ވިޔަފާރިވެރިން ރުޅިއައިސް ނޫސްވެރިންނާއި ދިމާލަށް ނުރުހުމުގެ ބަސްތައް ބުނެފައިވާ ކަމަށް "މިހާރު" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.