ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ ލ. ކަލައިދޫ އިން ދަނބިދޫ އަށް ފުރައިގެންދިޔަ ޑިންގީއަކާއި ދަނބިދޫއިން ފުރައިގެން ދިޔަ ޑިންގީއެއް ޖެހިގެންނެވެ.
އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކަލައިދޫއިން ފުރައިގެން ދަތުރުކުރި ޑިންގީގައި 15 މީހަކު ތިބިކަމަށް ޚަބަރު ލިބިފައިވާއިރު އެޑިންގީގައި ދަތުރުކުރީ ފުޓުބޯޅަ ޓީމެއްގެ ކުޅުންތެރިންނެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުން ވަގުތީގޮތުން ދަނބިދޫއަށް ގެންގޮސްފައިވާއިރު ގަމަށް ގެންދިއުމުގެ މަސައްކަތް ސީއެމްބިއުލާންސްއިން ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.