Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ރޯދަ މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ: ޔާމީން

މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފި އެވެ

އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ ، ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބެއްގައެވެ.

އެ ޚިތާބުގައި ރައީސް ޔާމީން ވަނީ ރަމަޟާން މަހު ކީރިތި ޤުރްއާނަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރައްވާފައެވެ.

"ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެކެވެ. ރަޙުމަތާއި ނިޢުމަތުގެ މައްސަރެކެވެ. އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރްޞަތެކެވެ. ތައުބާވުމާއި ހެޔޮކަންތައް ކުރުމުގެ ރޫޙާނީ މޫސުމެކެވެ."، ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޚިތާބުގައި ވަނީ ދިވެހި ރައްޔިތުންގެ އިތުރުން އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ވެރިންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.