Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ރޯދަ ރަހަ: ޓޮމާޓޯ ސަޓަނި

* ބޭނުންވާ ތަކެތި:

2 ޓޮމާޓޯ (މެދުން ފަޅާފައި އަރިމަތިން ކޮށާފައި)
250 ގްރާމް ސްޕްރިން އަނިއަން (ގަސްކޮޅު އިންޗިއަކަށް ބުރިކޮށްފައި، ފިޔާ މެދުން ފަޅައިލުމަށް ފަހު އަރިމަތިން ކޮށާފައި)
1 ތަށި ޔޯގަޓް (125 ގްރާމް)
1/2 ސަމުސާ އަސޭމިރުސް
ލޮނު، ކޮރިއަންޑާ ފަތް
ރޯމިރުސް (މެދުން ފަޅައި، ބޮޑެތިކޮށް ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

ޓޮމާޓޯ، ރޯމިރުސް، ސްޕްރިންގް އޮނިއަން (ހަމައެކަނި ފިޔާކޮޅު)، އަސޭމިރުސް، ލޮނު އެއްކޮށް މޮޑެފައި ޔޯގަޓާއި ސްޕްރިން އޮނިއަން (ގަސްކޮޅު) އެއްކޮށްފައި، ބޭނުން ނަމަ ކޮރިއަންޑާ ފަތްކޮޅު އަޅާފައި ނުމޮޑެ ސަމުސަލުން އެއްކޮށްލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.